އަޔޮޑިން (އިނގިރޭސި ބަހުން: Iodine) އަކީ ކެމިކަލް އުންޞުރެކެވެ. މިއުންޞުރުގެ އިގިރޭސި ރަމްޒު އަކުރަކީ (I) އެވެ. އެޓަމިކް ނަންބަރަކީ 53 އެވެ. އަޔޮޑިން އަކީ ބޭސްވެރިކަމާއި، ފޮޓޯގްރަފީ އަދި ޑައިސް ހެދުމަށް ބޭނުންކުރާ އަސާސީ މާއްދާ އެކެވެ. އަޔޮޑިން އަކީ އިރަވީ ނިޒާމްގައި ވަރަށް ނާދިރު އެއްޗެކެވެ. ކްލޯރޯފޯރމް އަދި ކާބަން ޓެޓްރަކްލޮރައިޑް ގެ ތެރޭގައި ފަސޭހަ ކަމާއެކު އަޔޮޑިން ގިރިގެން ދާނެއެވެ. ޕޮޓޭސިއަމް އަޔޮޑައިޑް ފެނުގެ ތެރެއަށް އެއްކޮށްފިނަމަ އަޔޮޑިން ފެނަށް ގިރިގެންދާ މިންވަރު އެތައް ގުނައެއް މަތިވެގެންދެއެވެ.

އަޔޮޑިން އެންމެ ފުރަތަމަ ހޯދީ ބާރނާޑް ކޯޓޮއިސް 1811 ވަނަ އަހަރުގައެވެ.